އިޢުލާނު

ލިޓުލް ބިގް އައިލެންޑް ޕްރީސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

(I)288/2026/057
2027 ވަނަ އަހަރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ލިޓުލް ބިގް އައިލެންޑް ޕްރީ ސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކުން "ލިޓުލް ބިގް އައިލެންޑް ޕްރީސްކޫލަށް ކުދިން…

2027 ވަނަ އަހަރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ލިޓުލް ބިގް އައިލެންޑް ޕްރީ ސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކުން "ލިޓުލް ބިގް އައިލެންޑް ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު 2026 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާގޮތް:

ބޭބީ ނާސަރީ

 2026 ޑިސެމްބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

 ނާސަރީ

 2026 ޑިސެމްބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6560015 ފޯނާއި ގުޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު

މި ފޯމު ފުރިހަމަކުރައްވައި އޮންލައިންކޮށް ހުށަހަޅުއްވާ

This service has no online form yet.