ތާރީޚް2022 ވަނަ އަހަރުގެ ކުޑަފަރީގެ ބިންބޭނުންކުރުމުގެ ޕްލޭނުގައި ރަށުގެ ތަފާތު ސަރަހައްދުތަކުގައި ހުރި ކުރީގެ ވަޅުތަކާއި ޒިޔާރަތްތަކާއި މިސްކިތްތައް ފަދަ އާސާރީ ތަންތަން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުޑަ ޒިޔާރަތާއި ބޯ ޒިޔާރަތް، އަދި 1990 ވަނަ އަހަރު ފުރާޅު ނަގާލި މެދު މިސްކިތް ހިމެނެއެވެ. ކުރީގެ މިސްކިތެއްގެ ބިންގަލުގައި މިއުޒިއަމެއް ގާއިމުކުރުމަށްވެސް ޕްލޭނުގައި ބިން ކަނޑައަޅާފައިވެއެވެ.
ޖިއޮގްރަފީކުޑަފަރިއަކީ ދިވެހިރާއްޖޭގެ އުތުރުން، މިލަދުންމަޑުލު ދެކުނުބުރީގައި (ނޫނު އަތޮޅު) އޮންނަ ރަށެކެވެ. އަމިއްލަ ފަރެއްގައި އޮންނަ މި ކުޑަ ރަށުގެ ވަށައިގެން ގާތްގަނޑަކަށް 1.6 ކިލޯމީޓަރުގެ ގޮނޑުދޮށެއް ހުރެއެވެ. ރަށުގެ ބިންބޭނުންކުރުމުގެ ޕްލޭނުގައި ނިކަގަސް ހުރި ސަރަހައްދަކާއި ފުނަގަސް ހުރި ސަރަހައްދެއް ޙިމާޔަތްކުރެވޭ ފެހި ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.