ޚަބަރު
ކައުންސިލްގެ ޚިދުމަތްތައް އޮންލައިންކޮށް

ކައުންސިލްގެ ޚިދުމަތްތަކަށް އެދުމާއި، އިޢުލާންތައް ބެއްލެވުމާއި، ހުށަހެޅުންތައް ފޮލޯކުރުން މިހާރު އޮންލައިންކޮށާއި މައިކައުންސިލް އެޕުން ކުރެވޭނެއެވެ.
0
އުފަންދުވަހާއި ރަށްވެހީންގެ ރަޖިސްޓްރީއިން ފެށިގެން ބިމުގެ ރަޖިސްޓްރީ، މަގު ކޮނުމުގެ ހުއްދަ، ހޯމްސްޓޭ ރަޖިސްޓްރީ އަދި ބަނދަރުގެ ޖާގަ ހިމެނޭ ގޮތަށް ކައުންސިލްގެ 20 ޚިދުމަތަކަށް މިހާރު އޮންލައިންކޮށް އެދެވޭނެއެވެ.
ކޮންމެ ހުށަހެޅުމަކަށް ރެފަރެންސް ނަންބަރެއް ލިބޭނެއެވެ. ސިޓިޒަން ޕޯޓަލުން ނުވަތަ މައިކައުންސިލް އެޕުން ހުށަހެޅުމުގެ ހާލަތު ބައްލަވާލެއްވޭނެއެވެ. ގެޒެޓުގައި ޝާއިޢުކުރާ އިޢުލާނާއި ބީލަމާއި ވަޒީފާތައްވެސް ވެބްސައިޓުގައި ހިމެނޭނެއެވެ.
ކައުންސިލް އިދާރާއަށް ޙާޟިރުވެވަޑައިގެން ޚިދުމަތް ހޯއްދެވުމުގެ ފުރުޞަތު ކުރިންވެސް ފަދައިން ހުޅުވިފައި އޮންނާނެއެވެ. އެހީތެރިކަމަށް 656-0015 އަށް ގުޅުއްވުން ނުވަތަ info@kudafari.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
