ޚަބަރު
ލިޓުލް ބިގް އައިލެންޑް ޕްރީސްކޫލް 2027 ގައި ހުޅުވަނީ
ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް 22 އޮކްޓޫބަރާ ހަމައަށް ފޯމު ބަލައިގަނެފައިވެއެވެ.
0
2027 ވަނަ އަހަރު ލިޓުލް ބިގް އައިލެންޑް ޕްރީސްކޫލް ހިންގުމަށް ކައުންސިލުން ނިންމައިފިއެވެ. 2026 ޑިސެމްބަރު 31 އަށް 3 އަހަރު ފުރޭ ކުދިންނަށް ނާސަރީ އަދި 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީ ހިންގޭނެއެވެ.
ކުދިން ވެއްދުމަށް އެދޭ ފޯމު ކައުންސިލްގެ ކައުންޓަރުން ލިބެން ހުރިއިރު، 2026 އޮކްޓޫބަރު 22 ވަނަ ދުވަހާ ހަމައަށް ފޯމު ބަލައިގަނެފައިވެއެވެ. އިތުރު މަޢުލޫމާތަށް ރަސްމީ ގަޑީގައި 656-0015 އަށް ގުޅުއްވުން އެދެމެވެ.
